Tuesday, February 17, 2015

New web browser


ވިންޑޯޒް 10 އަށް މުޅިން އާ ވެބް ބްރައުޒާއެއް



މައިކްރޮސޮފްޓުން މުޅިން އާ ވެބް ބްރައުޒާއެއް އުފައްދަން އުޅޭ ވާހަކަ އިވިއްޖެ އެވެ. ޒީޑީނެޓުން ބުނާ ގޮތުގައި މައިކްރޮސޮފްޓުން އެ ބްރައުޒާ އަށް ނިސްބަތްކޮށް އަދި ބޭނުންކުރަނީ ކޯޑު ނަމެކެވެ. އެއީ "ސްޕާޓްން" އެވެ.
ސްޕާޓްން އާންމުކުރާނީ ވިންޑޯޒް 10އާ އެކު އެކީގައި ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.ސްޕާޓްން އަކީ މައިކްރޮސޮފްޓް އިންޓަނެޓް އެކްސްޕްލޯރާއާ އެއްވެސް ގުޅުމެއް ހުރި އެޕްލިކޭޝަނެއް ނޫން ކަމަށް ބުނެވެ އެވެ. އެއީ އިންޓަނެޓް އެކްސްޕްލޯރާ 12 ނުވަތަ އެ އާއިލާ އަށް ގެންނަ ކުރިއެރުމެއް ނޫން ކަމަށް ވެސް ބުނެވެ އެވެ.
އިންޓަނެޓް އެކްސްޕްލޯރާ މުސްކުޅިވެފައިވާ ކަމަށް މައިކްރޮސޮފްޓުން ވެސް ގަބޫލުކުރެ އެވެ. އެހެންކަމުން މައިކްރޮސޮފްޓުން ބޭނުންވަނީ ގޫގުލް ކްރޯމް އާއި މޮޒިއްލާ ފަޔާފޮކްސްއާ އެއް ސަފެއްގައި ވާދަކުރެވޭ ވަރުގެ ވެބް ބްރައުޒާއެއް މުޅިން އަލަށް ތައާރުފުކުރަން ކަމަށް ބުނެވެ އެވެ.
ސްޕާޓްން އަކީ މުޅިން އާ ވެބް ބްރައުޒާއެއް ނަމަވެސް ޓެކްނިކަލް ތަފުސީލުތައް ބުނާ ގޮތުން ސްޕާޓްންގައި ވެސް ބޭނުންކުރާނީ އިންޓަނެޓް އެކްސްޕްލޯރާގައި ވެސް ބޭނުންކުރި ވެބް ޓެކްނޮލޮޖީ އެވެ. ފެތުރިފައި ހުރި މައުލޫމާތުން އެނގޭ ގޮތުގައި ސްޕާޓްންގައި ބޭނުންކުރާނީ "ޗަކްރާ ޖާވާސްކްރިޕްޓް އިންޖީން" އާއި "ޓްރައިޑެންޓް ރެންޑަރިން އިންޖީން" އެވެ.
ސްޕާޓްން އާންމުކުރުމަކުން، ބުނެވޭ ގޮތުގައި، އިންޓަނެޓް އެކްސްޕްލޯރާ އަކަށް ނިމުމެއް ނާންނާނެ އެވެ. ވިންޑޯޒް 10 އާއްމުންނާ ހަމަ އަށް އަންނާނީ ދެ ބްރައުޒާ ގޮވައިގެން ކަމަށް ވެސް ބުނެވެ އެވެ. އެއީ އިންޓަނެޓް އެކްސްޕްލޯރާ 11 އާއި ސްޕާޓްން އެވެ.

No comments:

Post a Comment