Friday, May 8, 2015

twins


އެއްމާބަނޑު ދެކުދިންގެ ބައްޕަ ތަފާތުވެދާނެ ކަމަށް ޤަބޫލުކުރަންތަ؟




އެއްމާބަނޑު ދެކުދިންގެ އެކަމަކު ދެ ކުދިންގެ ބައްޕައަކީ ދެ މީހެއްކަން ފަޅާއަރައިފިއެވެ.
މި އާދާޔާ ހިލާފު ހާދިސާ ހިނގާފައިވަނީ އެމެރިކާގައެވެ. އަންހެނަކު ކޯޓަށް ދިޔައީ ދަރީންގެ ބައްޕަ ދަރީންނަށް ހަރަދުކުރުމަށް އަމުރެއް ނެރެދޭތޯއެވެ.
ކޯޓުން ފުރަތަމަ ބަލަން ބޭނުންވި މި ދެ އަންހެން ކުދިންނަކީ މި ފިރިހެންމީހާގެ ދަރީންތޯއެވެ. އެހެންކަމުން ޑީއެންއޭ ޓެސްޓް ހެދިއެވެ. ޓެސްޓްގެ ނަތީޖާ ވަރަށް ތަފާތެވެ. އެއްކުއްޖެއްގެ ޑީއެންއޭ އަންހެންމީހާ ދަރީންގެ ބައްޕަ ކަމަށް ބުނާ މީހާއާ ދިމާވެއެވެ. އެކަމަކު އަނެއް ކުއްޖާގެ ރިޕޯޓް ދިމަލެއް ނުވެއެވެ.
ކޯޓުގެ ފަނޑިޔާރު ސުހެއިލް މުހައްމަދު ވަނީ ޑީއެންއޭ ދިމާވި ދަރީގެ ހަރަދު ބެލެހުޓުން އެ ފިރިހެންމީހާއާ ހަވާލުކޮށްފައެވެ. ފަނޑިޔާރު ބުނެފައިވާ ގޮތުން މިއީ އަދަޔާ ހިލާފު ކަމެއް ނަމަވެސް މީގެ 2 ކޭސް ކުރިންވެސް އޭނާ ބަލާފައިވާ ކަމަށެވެ.
މިހެން ދިމާވަނީ އަންހެނަކު އެއް މެންސްޗްއަލް ސައިކަލްގައި ދެ ފިރިހެނުންނާއެކު ޖިންސީ ގުޅުން ހިނގާފިނަމައެވެ. އަންހެނާގެ ދެ ބިސް ވަކިވަކިން ދެ ފިރިހެނުންނަށް ފާޓިލައިޒް ވެގެންނެވެ.
މި ދެ ކުދިން ދުނިޔެއަށް އުފަންވެފައިވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
ކޯޓުގައި އަންހެންމީހާ ބުނެފައިވަނީ ދެ ފިރިހެނުންނާއެކު ހަފުތާއެއް ތެރޭގައި ޖިންސީ ގުޅުން ހިންގި ކަމަށެވެ.

new bird found

އާދަޔާ ހިލާފު އަޑެއް ލައްވާ ދޫންޏެއް ޗައިނާއިން ފެނިއްޖެ









ދުނިޔޭގެ ދިރާސާ ކުރާ ސައިންސްވެރިންގެ ގުރޫޕަކަށް އާދަޔާ ހިލާފު އަޑެއް ލައްވާ ދޫންޏެއް ފެނިއްޖެ އެވެ.ދިރާސާކުރި ސައިންސްވެރިންގެ ތެރެއިން ސައިންސްވެރިޔަކު ބުނި ގޮތުގައި މި ދޫންޏަކީ ވަރަށް ސިއްރުވެރި އަދި ހޯދަން ވަރަށް އުނދަގޫ ބާވަތެއްގެ ދޫންޏެކެވެ.
ޝިއުޔަން ވަޝް ވާރބްލަރ އަކީ ވަރަށް ތަފާތު އަދި ތޫލި އަޑެއް ލައްވާ ދޫންޏެެވެ. މި ބާވަތުގެ ދޫނި ފެންނަނީ ބޮޑަށް ވިނަގަނޑު ބޯ ވެފައި ހުންނަ ފަރުބަދަ ސަރަހައްދު ތަކުންނެވެ.
ސައިންސްވެރިންގެ މިދިރާސާވަނީ ދުނިޔޭގެ މައްޝޫރު ޖުައާރނަލް އޭވިއޭޝަން ރިސާޗްގައި ޝާއިރު ކޮއްފައެވެ. އަދި މި ދޫނީގެ މި އާދަޔާ ޙިލާފު އަޑު ވަނީ ރިކޯޑުކުރެވި އެމް އެސް ޔޫ އޭވިއަން ވޮކަލައިޒޭޝަން ވެބްސައިޓްގައި ހިމަނާފައެވެ.

Saturday, May 2, 2015

" ރޯބޯކޮޕް" ބޭނުން ކުރަނީ

ދެއަހަރު ތެރޭގައި ދުބާއީގައި "ރޯބޯކޮޕް" ބޭނުން ކުރަން ފަށަނީ



ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި 2017 ވަނަ އަހަރަށް ވާން ވާއިރަށް "ފުލީ އިންޓެލިޖެންޓް" ރޮބޮޓުތައް (ރޯބޯކޮޕް) މަގުމަތި ޕެޓްރޯލް ކުރުން ފަދަ މަސައްކަތް ކުރާނެކަމަށް އެ ސިޓީގެ ސްމާޓް ޔުނިޓުގެ ހެޑު، ކާނަލް ޚާލިދު ނަސީރު އަލްރަޒޫގީ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ، އެ ރޮބޮޓުތައް ފުރަތަމަ ނެރޭއިރު އެ މެޝިންތައް މަސައްކަތް ކުރާނީ މީހުން ގިނައިން އުޅޭ ސަރަހައްދުތަކުގެ ތެރެއިން އާންމުކޮށް ރައްކާތެރި ސަރަހައްދުތަކުގައި ކަމަށެވެ. އޭގެ ތެރޭގައި ބޮޑެތި ޝޮޕިން މޯލް ފަދަ ތަންތަން ހިމެނޭ ކަމަށް އޭނާ ވިދާލުވިއެވެ.
"އެ ރޮބޮޓުން، އެ ސަރަހައްދުގައި އުޅޭ އާންމުންނާ ސީދާ އިންޓަރެކްޓް ކުރާނެ. މޮނިޓަރާއި މައިކްރޮފޯން ހިމެނޭ ގޮތަށް ހުންނަ އެ ރޮބޮޓުތައް މަސައްކަތް ކުރާނީ އާންމުގެ ކްރައުޑް ބޮޑެތި ސަރަަހައްދުތަކުގައި. މިސާލަކަށް ޝޮޕިން މޯލްތައް. އެތަނަކީ މީހުން ގިނަ ތަނެއް. ނަމަވެސް އެހާ ނުރައްކާތެރި ތަނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

Wednesday, April 29, 2015

save 4 months baby

ނޭޕާލުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ތެރެއިން 4 މަހުގެ ކުއްޖެއް ސަލާމަތްކޮށްފި


މިދިޔަ ހޮނިހިރު ދުވަހު ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތެއްގެ ދަށުން އުމުރުން އެންމެ 4 މަހުގެ ތުއްތު ކުއްޖަކު ދިރި ހުއްޓާ ސަލާމަތްކޮށްފިއެވެ.

ނޭޕާލުގައި ނުކުންނަ ނޫހެއްކަމަށްވާ "ކަތުމަންޑޫ ޓްޑޭ" އާ ހަވާލާދީ، ސީއެންއެން އިން ބުނީ އެ ތުއްތު ކުއްޖާ ސަލާމަތް ކުރީ ބިހެލުން އައިތާ ގާތްގަނޑަކަށް ސައުވީސް ގަޑިއިރު ވަނިކޮށްކަމަށެވެ.

އެހެންނަމަވެސް އޭގެ އެތައް ގަޑި އިރެއް ފަހުން ފުލުހުން އައިސް ބެލި ބެލުމުގައި އެކުއްޖާގެ ބާރު ރުއިމުގެ އަޑު އަންނަ ދިމާ ފާހަގަކޮށް، އެކުއްޖާ ސަލާމަތްކޮށް ގާތަކުގެ ދަށުން ނެގިއިރު ބޭރުފުށުން އެއްވެސް ގެއްލުމެއް ފެންނަށް ނެތްކަމަށާއި، އަދި "އިންޓާރނަލް އިންޖަރީ" އެއްވެސް ލިބިފައި ނެތްކަމަށް ޑޮކްޓަރުންނާއި ހަވާލަދީ "ކަތުމަންޑޫ ޓްޑޭ" ގައި ބުނެފައި ވެއެވެ.


Tuesday, April 28, 2015

Changing eye brows shape

ކިމް ޖޮންގ އުންގެ ބުމައަށް މިވަނީ ކިހިނެތް؟





އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގ އުންގެ ބުމަ "ގެއްލެމުން"ދާ ކަމަށް ފާހަގަ ކުރެވެން ފަށައިފިއެވެ.

ކިމް ޖޮންގ އުން އާއި ގުޅޭ ގޮތުން ތައްޔާރު ކުރެވިފައިވާ ހިޔާލީ ވާހަކަ އަކަށް ބިނާ ކުރެވިފައިވާ ފިލްމެއް ކަމަށްވާ "ދަ އިންޓަވިއު" ރިލީޒް ކުރުމަށް ފުރުސަތު ނުދިނުމަށް ފިލްމް ތައްޔާރު ކޮށްފައިވާ ސޮނީ ޕިކްޗާރސް ހެކް ކުރީ އުތުރު ކޮރެއާ ކަމަށް ތުހުމަތު ކުރެވިފައިވާ އިރު، ކިމް ޖޮންގ އުންގެ ގެއްލިގެންދާ ބުމަ "ހެކް" ކޮށްފައިވާ ކަމަށް މީހުން ބުނަން ފަށައިފިއެވެ.
އައިބްރޯ ޔު ސީ ދެމް ގެ ދަށުން ލިޔެފައިވާ ޚަބަރެއްގައި ދެކުނު ޗައިނާ އިން ވެސް ވަނީ މިކަމާއި ގުޅިގެން ސަމާސާ ވާހަކަތައް ދައްކައިފައެވެ.

Monday, April 27, 2015

good friend

ޚާއްސަ އެހީއަށް ބޭނުންވާ އެކުވެރިޔާ ތިން އަހަރު ވަންދެން ކޮނޑުމަތީގައި ސްކޫލަށް ގެންގޮސްދީފި







ޗައިނާގެ ހައިސްކޫލް ކުއްޖެއް އޭނާގެ އެކުވެރިޔާ ތިން އަހަރު ދުވަސް ވަންދެން ކޮނޑަށް އަރުވައިގެން ސްކޫލަށް ގެންގޮސްފިއެވެ.
އުމުރުން 18 އަހަރުގެ ޒީ ޒޫ އާއި އޭނާގެ 19 އަހަރުގެ އެކުވެރިޔާ ޒަންގ ޗީ އެންމެ ފުރަތަމަ ބައްދަލުވީ ޗައިނާގެ އުތުރުގެ އަވަށެއް ކަމަށްވާ ޖިއަންސޫގައި ހުންނަ ޑަޒޫ ހައިސްކޫލުންނެވެ. 
ޒަންގ ޗީ އަށް ޖެހިފައިވަނީ މަސްކިއުލާ ޑިސްޓްރަފީ ނުވަތަ މަސްގަނޑު ބަލިކަށިވުމުގެ ބައްޔެކެވެ. އެ ބަލި ޖެހުމުން އެމީހެއްގެ އަމިއްލަ ބަރުމިނުގައި ކޮޅަށް ހުންނަން އުނދަގޫވެ އެވެ. 
.
ބަރުދަނުގައި 75 ކިލޯ އަދި ދިގުމިނުގައި 1.73 މީޓަރު ހުންނަ ޒަންގ ޗީ އުފުއްލައިގެން ޒީ ކޮންމެ ދުވަހަކުވެސް އޭނާ ކުލާހަށް ގެންދެއެވެ.

Sunday, April 26, 2015

Orange glass


އޮރެންޖް ކުލައިގެ އަވިއައިނު އަޅައިގެން ހުރުމަށްފަހު، ނިދަން އުޅުމުން އަރާމުކޮށް ނިދޭ





އޮރެންޖް ކުލައިގެ އަވިއައިނު އައިނެއް އަޅައިގެން ކުޑައިރުކޮޅަކު ހުރުމަށްފަހު، ނިދަން އުޅުމުން އަރާމުކޮށް ނިދާލެވޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އޮރެންޖް ކުލައިގެ އަވިއައިނުން ލޮލަށް އެޅޭ އަލީގެ މިންވަރު ދަށްކޮށްދޭ ކަމަށާއި، އަދި ނިދިއަންނަ މިންވަރު ވެސް އަވަސްކޮށްދޭ ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.
ސްވިޒަލޭންޑްގައި ހެދި މި ދިރާސާގައި 13 ކުއްޖަކު ބައިވެރިކޮށްފައިވާއިރު، މި ދިރާސާގައި އޮރެންޖް ކުލައިގެ އަވިއައިނާއި، އާދައިގެ އަވިއައިނު ވަނީ ބޭނުންކޮށްފައެވެ.
އެގޮތުން މި ކުދިން އޮރެންޖް ކުލައިގެ އަވިއައިނު އަޅައިގެން ރޭގަނޑުގެ ހިނގާލުމަކަށް ފޮނުވުމުން، ނިދިއަންނަލެއް، އާދައިގެ އަވިއައިނެއް އަޅައިގެން ހިނގާލަން ދިޔުމުން ނިދި އަންނަވަރަށް ވުރެ އަވަސްކަން ފާހަގަވެފައިވެއެވެ.

Friday, April 24, 2015

Subryth ( a dancer with one leg)

އެއްފައި ބުރިވެފައިވާ ނެށުންތެރިއެއް އިންޑިޔާގައި މަޝްހޫރުކަން ހޯދައިފި




އުމުރުން 21 އަހަރުގައި ހިނގި އެކްސިޑެންޓެއްގައި ފައި ބުރިކޮށްލާފައިވާ ސުބްރީތު ކައުރު ގުއްމަން، އިންޑިޔާގައި އާއްމުކޮށް ހުޅުވާލެވިގެން ބާއްވާ "އިންޑިއާސް ގޮޓް ޓެލެންޓް" ޝޯ ގައި އޭނާގެ ނެށުމުގެ ހުނަރު ދައްކާލައި، ދެވަނަ ހޯދުމަށްފަހު ދުނިޔޭގެ ސަމާލުކަން އަތުލައިގަނެފިއެވެ.

އޭނާގެ ފައި ބުރިވުމުގެ ކުރިން ނަރުސްކަން ކުރަމުން އައި ސުބްރީތު "އިންޑިއާސް ގޮޓް ޓެލެންޓް" ގައި ދެވަނަ ހޯދުމަށްފަހު މިހާރު އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އޭނާގެ ހުނަރު ދައްކާލަމުންނެވެ.

Tuesday, April 21, 2015

naseyhatheh



ފެންތަށި އެއް ނޭވާއިން ހުސްކޮށްނުލާށެވެ. އަދި ފެންބޯ ތައްޓަށް ނޭވާނުލާށެވެ



އަހަރެމެންގެ ދީން އަބަދުވެސް ބާރުއަޅަނީ ކޮންމެ ކަމެއް ކުރުމުގައިވެސް އަވަސްއަރައިގަތުމުގެ ބަދަލުގައި މަޑުމައިތިރިކަމާއެކު ހަމަޖެހިގެން ކަންތައްތައް ކުރުމަށެވެ. އެހެންވީމާ ފެންބުއިމުގައިވެސް ރީތި އާދައަކީ އެއް ނޭވާއިން ފެންތަށި ހުސްކޮށްލުމުގެ ބަދަލުގައި ތިން ކޯވަރަށް ބަހަލައިގެން ހަމަޖެހިގެން ފެންތަށި ބޯލުމެވެ. އަދި ފެންބޯއިރު ފެންބޯ ތައްޓަށް ނޭވާލުމީ ވެސް އެދެވިގެންވާ ކަމެއް ނޫނެވެ. އަހަރެމެންގެ ލޮބުވެތި ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

 "ޖަމަލު ފެންބޮއި އުޅޭ ފަދައިން އެއްފަހަރުން ތިޔަބައިމީހުން އެއްޗެތި ބޮއި ނޫޅޭށެވެ. އެއާ ޚިލާފަށް ތިޔަބައިމީހުން ދެފަހަރުން ނުވަތަ ތިން ފަހަރުމަތީން ބޮއިއުޅޭށެވެ. އަދި ތިޔަބައިމީހުން އެއްޗެއް ބޮނީ ކަމުގައިވަނީ ނަމަ ބިސްމި ކިޔާށެވެ. އަދި ބޮއި ނިމިއްޖެ ކަމުގައި ވަނީ ނަމަ (الْحَمْدُ لِلَّهِ ކިޔައި) ﷲ އަށް ޙަމްދުކުރާށެވެ."

chosen first mosquito killer

އެންމެ ގިނަ މަދިރި މަރާ މީހަކަށް އިނާމެއް


ޓައިވާނުގެ ދެކުނުގައި އޮންނަ ސިޓީއެއް ކަމަށްވާ ކައޯސިއަންގްގައި އެންމެ ގިނަ މަދިރި މަރާ މީހަކަށް އިނާމުދޭ ގޮތަށް މުބާރާތެއް ފަށައިފި އެވެ

ބީބީސީ އިން  ބުނި ގޮތުގައި ކައޯސިއަންގްގައި މަދިރި މަރާ މުބާރާތެއް ފެށީ އެ ސިޓީގައި ފެތުރެމުން އަންނަ މަދިރިން ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ޑެންގީ ހުން ނައްތާލުމަށް ކަަމަށެވެ. އެންމެ ގިނަ މަދިރި މަރާ މީހަކަށް 100 ޑޮލަރުގެ އިނާމެއް ލިބޭ އެ މުބާރާތަކީ ކައޯސިއަންގް ސިޓީގެ ސިއްހީ ކަންކަމާ ބެހޭ ޑިޕާޓްމަންޓުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ

Monday, April 20, 2015

gingerbread house

އިނގުރުޕާން ގެއެއް ހަދައިގެން ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދައިފި





އެމެރިކާގެ ޓެކްސެސް ގައި ބޮޑު ޖިންޖަރބްރެޑް ގެއެއް (އިނގުރުޕާން ގެއެއް) ހަދައިގެން ޓްރެޑިޝަނަލް ކްލަބް ކިޔާ ކުންފުންޏެއް ވޯލް ރެކޯޑު ފޮތުން ޖާގަ ހޯދައިފި އެވެ. 


ޓެކްސެސްގެ ބްރިޔަން ގައި ހަދާފައިވާ މި ގޭގެ ބޮޑު މިނުގައި 2520 އަކަފޫޓް އަދި އުސް މިނުގައި 21 ފޫޓު ހުރެއެވެ. ލަފާކުރެވޭ ގޮތުގައި މި ގޭގައި 35.8 މިލިއަން ކެލަރީސް ހުންނާނެ އެވެ. 

freedom ship

ފްރީޑަމް ޝިޕް: މޫދުގައި އޮންނަ ފުރަތަމަ ސިޓީ


 އަޖައިބު ކުރުވަނިވި ފްރީޑަމް ޝިޕް ނުވަތަ "ޕްލޯޓިން ސިޓީ" އަކީ 50000 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓު ބަނުމަށް 10 ބިލިޔަން ޑޮލަރު ޚަރަދު ވާނެ އެވެ.


ދުނިޔޭގައި މިހާތަނަށް ބަންނަ އެންމެ ބޮޑު ބޯޓަށް ފްރީޑަމް ޝިޕް ވެގެންދާ އިރު، އެ ބޯޓުގައި އެއަރޕޯޓަކާއި ޝޮޕިން ކޮމްޕްލެކްސް ތަކާއި އަދި ބޮޑު ބަނދަރެއް ހިމެނޭނެ އެވެ. ބޯޓު ފަރުމާކޮށްފައި ވަނީ 50000 މީހުންނަށް ދަތިކަމެއް ނެތި ދިރިއުޅެވޭނޭ ގޮތަށެވެ. އެއީ އެ މީހުންގެ އަމިއްލަ ސިޓީ އެވެ.
ފްރީޑަމް ޝިޕް ގެ ދިގުމިނުގައި މޭލެއް ހުންނައިރު މި ބޯޓު ގައި 25 ފަންގިފިލާ ހުންނާނެއެވެ. ބޯޓުގެ ބިޔަ ކަމުން މި ބޯޓަށް އެއްވެސް ބަނދަރަކަށް ނުވެއް ވަދެވޭނެ އެވެ.
މި ބޯޓުން ލިބޭ އިތުރު ހިދުމަތް ތަކުގެ ތެރޭގައި، ސްކޫލް، ހޮސްޕިޓަލް، ވިޔަފާރިތައް، ޕާރކްތައް، ރެސްޓޯރަންޓް ތަކާއި އަދި އެކުއޭރިއަމް ތައް ހިމެނެއެވެ. މީގެ އިތުރުން 30000 މީހުންނަށް ފުދޭ މިންވަރަށް ދުވަހު ކޮޓަރި އާއި، 20000 ފަޅުވެރީންނަށް ބޭނުންވާ ކޮޓަރި އާއި 10000 އޯވަރ-ނައިޓް ގެސްޓުންގެ ކޮޓަރި މި ބޯޓުގައި ހުންނާނެއެވެ.

Saturday, April 18, 2015

save a fisherman

ވަދާ ނުކުމެ އުޅުނު ދޯންޏެއް ބަންޑުން ޖަހާލައި ކަނޑުވި މީހަކު ސަލާމަތްކޮށްފި





ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ރިޔަލު ދޯންޏެއްގައި އެކަނި ވަދާ ނުކުމެ އުޅެނިކޮށް، ދޯނި ބަންޑުން ޖަހާލައި ކަނޑުވީ ހަނިމާދޫ، ހަނިމާދޫގޭ، އަބްދުﷲ ނައީމް، 56، ކަމަށެވެ. ފުލުހުންނަށް އޭނާ ފެނުނީ ބަންޑުން ޖަހާލި ދޯނި މަތީގައި އިންދަ އެވެ.

އާދަޔާ ހިލާފަށް ފަލަ ވުމުގެ މައްސަލަ ކުރިމަތިވެފައިވާ ތިން ކުދިން


ތިން ދަރިންގެ ފުރާނަ ސަލާމަތް ކުރުމަށް ބައްޕަގެ ކިޑްނީ ވިއްކާލަނީ

އިންޑިއާގެ ގުޖުރާތަށް ނިސްބަތްވާ ރަމޭޝްބާއި ނަންޑުވަނާ 34، ގެ އެންމެބޮޑު ކަންބޮޑުވުމަކީ އާދަޔާ ހިލާފަށް ބޮޑަށް ފަލަވެފައިވާ ތިން ކުދިންގެ ބަރުދަން އިންތިހާއަށް ދިއުމުގެ ސަބަބުން އެކުދިން މަރުވެދާނެ ކަމުގެ ބިރެވެ.
އެގޮތުން އުމުރުން ފަސް އަހަރުގެ އަންހެން ދަރިފުޅު ޔޮގިތާ ރަމޭޝްބާއި ނަންޑުވަނާގެ ބަރުދަނުގައި 34 ކިލޯ ހުރިއިރު، ތިން އަހަރުގެ އަނިޝާގެ ބަރުދަނުގައި 48 ކިލޯ އެބަހުއްޓެވެ. އަދި 18 މަހުގެ ހާޝްގެ ބަރުދަނުގައި 15 ކިލޯ އެބަހުއްޓެވެ.

Thursday, April 16, 2015

family got five babies

އެމެރިކާގައި ފުރަތަމަ ފަހަރަށް އެއްމާބަނޑު ފަސް ކުދިން އުފަންވެއްޖެ




ޓެކްސަސްގެ ހޮސްޕިޓަލެއްގައި އުފަންވެފައި ވަނީ އެއްމާބަނޑު ފަސް އަންހެން ކުދިންނެވެ.
ފަސް ކުދިން ވިހެއީ ސިޒޭރިއަން ހަދައިގެން ކަމަށް އަންހެން މީހާގެ އޮޕަރޭޝަން ކުރި ޓެކްސަސްގެ އަންހެނުން ހޮސްޕިޓަލް އާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މިކުދިން އުފަންވެފައި ވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. ކުދިންގެ މަންމަ ޑަނިއެލީ ބަސްބީގެ އޮޕަރޭޝަންގައި ފަސް ކުދިން ނަގާފައި ވަނީ ހަތަރު މިނެޓުން ކަމަށް ޑޮކްޓަރުން ބުނެއެވެ.

Monday, April 13, 2015

mugabe

މުގާބޭއަށް ލަދުވެތި ފޮޓޯއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފި







މި ފޮޓޯއިން ފެންނަނީ އެފްރިކާގެ ވަރުގަދަ ލީޑަރު މުގާބޭ ވިގެއް ޖައްސަވާ ކަންފަތްޕުޅުގައި މުދި ތުރުކުރައްވައިގެން ހުންނަވަނިކޮށްނެވެ. މިއީ ހަދާފައިވާ ފޮޓޯއެއް ނޫނެވެ. މި ގޮތައް މުގާބޭ މި ފޮޓޯއިން ސިފަ ކުރެވިގެންދަނީ ކެމެރާމަން ފޮޓޯއަށް ކުލިކް ކޮށްލި ވަގުތު މުގާބޭގެ ފަހަތްޕުޅުގައި ރަނގަޅު ޕޮސިޝަންގައި ހުރި އަންހެނެއްގެ ސަބަބުންނެވެ.

baby


    މަރުވި ފިރިހެނެއްގެ ދަރިފަނި ބޭނުންކޮށްގެން ކުއްޖަކު އުފަން ކުރުވައި

މަރުވި ފިރިހެނެއްގެ ދަރިފަނި ނަގައި އެފިރިހެން މީހާ މަރުވި އިރު ކައިވެނި ކޮށްގެން އުޅުނު އަންހެނ މީހާގެ ހަށިގަނޑަށް ދަރިފަނި ވާސިލްކޮށް އެއަންހެން މީހާ މާބަނޑުވެ ސިއްހަތު ރަނގަޅު ފިރިހެން ކުއްޖަކު ވިހައިފި އެވެ.
މަރުވި ފިރިހެން މީހާގެ ދަރިފަނި ނަގާފައި ވަނީ އޭނާ މަރުވިތާ 48 ގަޑިއިރު ފަހުން އޮސްޓްރޭލިއާގެ ސްޕްރީމް ކޯޓުގެ ހުއްދަ ލިބިގެންނެވެ.
ސައިކަލް އެކްސިޑެންޓެއްގައި މަރުވި ފިރިހެން މީހާގެ ހަށިގަނޑުން ދަރިފަނި ނެގުމުގެ ހުއްދަ ފުރަތަމަ ޤާނޫނީ ގޮތުން ޑޮކްޓަރުންނަށް ލިބިފައި ނުވާތީ އަންހެން މީހާ އެމައްސަލަ ސްޕްރީމް ކޯޓަށް ވައްދާ ކާމިޔާބު ކުރިއެވެ.
މިއީ މަރުވި މީހެއްގެ ގައިން ދަރިފަނި ނަގައިގެން އެދަރިފަނި ބޭނުންކޮށް ކުއްޖަކު އުފަންކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން ވެސް މަރުވިތާ 18 ގަޑިއިރު ފަހުން މީހުންގެ ހަށިގަނޑުން ދަރިފަނި ނަގާފައި ވެއެވެ.

Friday, April 10, 2015

mother











karuna free

ޖަޕާނު ކުންފުންޏަކުން ‘ކަރުނަ-ފްރީ ފިޔާ’





ފިޔާކޮށަމުން ރޮއެ، ކަރުނަ އެޅި ދުވަސްތައް މާޒީގެ ތެރެއަށް ދޫކޮށްލަންވީ ވަގުތު އައިސް ޖެހުނީއެވެ. ޖަޕާނުގެ ކުންފުންޏަކުން މިވަނީ ‘ކަރުނަ-ފްރީ ފިޔާ’ އުފައްދާފައެވެ.
މި ފިޔާ އުފެއްދި ކުންފުނީގެ ސައިންޓިސްޓުން ބުނީ، ފިޔާ ކޮށަމުންދާއިރު، ބާރުގަދަ އާތްވެއް ފިޔައިން ނެރޭ ސަބްސްޓޭންސް އުފެދުން ހުއްޓުވިފައި ވާކަމަށާއި، އޭގެ ސަބަބުން ފިޔާ ކޮށުމުގައި ‘ކަރުނަ އެޅުން’ ހުއްޓުވައިދޭނެ ކަމަށެވެ.
މި ފިޔާ އުފެއްދި ހައުސް ފުޑްސް ގްރޫޕުގެ ތަރުޖަމާނަކު ބުނީ، މި އުފެއްދުން ވިޔަފާރީގެ ބޭނުމަށް އުފެއްދުމާއި މެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށެވެ.
ފިޔައިން މީހުން ރޮއްވާ މާއްދާ ހޯދުމާއި ގުޅިގެން ހައުސް ފުޑްސް ގްރޫޕުގެ ސައިންޓިސްޓުންނަށް ވަނީ އައިޖީ ނޯބެލް ޕްރައިޒް (މަޖާ ކަމަށް ޤަބޫލުކުރެވޭ މޮޅެތި ހޯދުންތަކާއި، އުފެއްދުންތަކަށް ދޭ އެވޯޑެއް) ލިބިފައެވެ.

Thursday, April 9, 2015


ގަރުނުގެ އެންމެ ކުރު ހަނދު ކޭތަ

Sunday, April 5, 2015

Meehaku maruveje





ބޮޑުމަހެއް ފުންމައިގެން ބޯޓަކަށް އަރައި، މީހަކު މަރުވެއްޖެ














ޓޫރިސްޓުން ގޮވައިގެން ދަތުރު ކުރި ބޯޓަކަށް ބޮޑުމަހެއް ފުންމައިގެން އަރައި، މީހެއްގެގައިގައި ޖެހި އެމީހާ
 މަރުވެއްޖެ އެވެ


މެކްސިކޯގެ އޮފިޝަލުންނާ ހަވާލާދީ ކެނެޑާ ނޫސްތަކުން ބުނީ އިއްޔެ ހިނގި ހާދިސާގައި ކެނެޑާގެ 35 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށާއި އެ މީހާ މަރުވީ، ބޮޑުމަސް ފުންމައިގެން އަރައި ބޯޓަށް އެރުމުގެ ސަބަބުން އެ މީހާ އަށް ލިބުނު އަނިޔާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ. އެ ހާދިސާގައި އެ މީހާ ވިއްސައިގެން ގޮސް ކަނޑަށް ވެއްޓުނު ކަމަށް ވެސް ނޫސްތަކުން ބުންޏެވެ.

Monday, March 23, 2015

mainge dhauru



އިސްލާމްދީނުގައި މައިންބަފައިންގެ ދައުރު



ކީރިތި ﷲ އާދަމްގެފާނު ހެއްދެވިއެވެ. އެކަލޭގެފާނުގެ ކިބައިން އެކަލޭގެފާނުގެ ބައިވެރިޔާ ޙައްވާގެފާނު ހެއްދެވިއެވެ. އަދި އެދެކަނބަލުންގެ ކިބައިން އިންސާނީ ދަރިފަސްކޮޅު އުފެއްދެވިއެވެ. އާދެ! އިންސާނީ ނަސްލުގެ އުފެދުމާ އިތުރުވުން ދެޖިންސުގެ ގުޅުމުން ލެއްވިއެވެ. އަދި އެގުޅުން ހެޔޮގޮތުގައި ދެމިއޮތުމަށްޓަކައި ކައިވެނީގެ މަގު ޝަރުޢު ކުރެއްވިއެވެ. ދުނިޔެ ތަޢްމީރުކޮށް އުފާވެރި ދިރިއުޅުމަކަށްފަހު އިލާހީ ޙަޟްރަތަށް ރުޖޫޢަވުމަށެވެ. އިލާހީ އެންގެވުންތަކަށް ކިޔަމަންތެރިވުމުން އުޚްރަވީ ބާއްޖަވެރިކަން ޙާޞިލް ކުރުމަށެވެ.
އިންސާނުންގެ ދެޖިންސުގެ މެދުގައި ލައްވާފައިވާ ގުޅުން ސިފަކުރައްވާ ކީރިތި ޤުރުއާނުގެ އެއް އާޔަތެއްގައި ވަޙީކުރެއްވިއެވެ.
وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ (سورة الروم ٢١)
މާނައީ: ”ހަމަ ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބީން ހެއްދެވިކަމީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން ފިކުރުހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.”

ކައިވެނީގެ މަޤްޞަދު
ހަރުދަނާ ޢާއިލާއެއް ބިނާކުރުމުގައްޔާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ދެމަފިރިންނާއި ޢާއިލާގެ ދަޥްރު ވަރަށް ބޮޑެވެ. ރަނގަޅު ހަރުދަނާ ދެމަފިރިއެއްގެ މެދުން މެނުވީ ރަނގަޅު ދަރިފަސްކޮޅެއް އުފެދިގެނެއް ނާންނާނެއެވެ. އެހެންކަމުން އިސްލާމްދީނުގައި ކައިވެނީގެ ކުރިން މިކަމަށް ބެލެވި ޙަޔާތުގެ ބައިވެރިޔަކު އިޚްތިޔާރުކުރުމަށް އިރުޝާދު ދެއެވެ. އަދި މިގޮތުން ބަލަންޖެހޭ ކަންތައްތަކެއްވަނީ ބަޔާންކޮށްފައެވެ. އިޚްތިޔާރު ކުރާ ބައިވެރިޔާގެ ބުރުސޫރައަށް ހަމައެކަނި ނުބެލުމަށް އިރުޝާދު ދެއެވެ.

އަލްބުޚާރީއާއި މުސްލިމްއާއި މިނޫން ބޭކަލުންވެސް އަބޫ ހުރައިރާގެފާނުގެ ކިބައިން ރިވާކުރެއްވި ހަދީޘެއްގެ މާނައިގައި ވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ”ހަތަރު ކަމަކަށްޓަކައި ތިބާ އަންހެނަކާ ކައިވެނިކުރަމުއެވެ. އެކަނބުލޭގެ މުދާވެރިކަމަށްޓަކައެވެ. އަދި އެކަނބުލޭގެ ޙަސަބަށްޓަކައެވެ. އަދި އެކަނބުލޭގެ ރީތިކަމަށްޓަކައެވެ. އަދި އެކަނބުލޭގެ ދީންވެރިކަމަށްޓަކައެވެ. ފަހެ ދީންވެރިޔަކު އިޚްތިޔާރުކުރުމުން ތިބާ ކާމިޔާބު ޙާޞިލްކުރާށެވެ! ތިބާއަށް ތަނަވަސްކަން މިންވަރު ކުރައްވާށިއެވެ.”

ޝައްކެއްނެތެވެ. ދީންވެރި މަންމައެއްގެ ތަރުބިއްޔަތުގައި އަދި ދީންވެރި ޢާއިލާއެއްގައި ބޮޑުވާ ކުއްޖާވާނީ ނުބައި އާދަތަކުން އެއްކިބާ ވެގެންނެވެ. ރަނގަޅު އާދަތަކާއި ސިފަތަކުން ގަހަނާއެޅި ޒީނަތްތެރިވެގެންވާ ހަރުދަނާ މީހަކަށެވެ. މައިންބަފައިންގެ ލޮލަށް ލިބޭ ފިނިކަމެއް ކަމުގައެވެ. ޢާއިލާ އަށާއި ޤަޥްމަށް ފައިދާހުރި ދަރިއަކަށެވެ.

މައިންބަފައިންގެ ލޯބި
މައިންބަފައިންގެ ހިތުގައި ދަރިންގެ މައްޗަށް ކީރިތި ﷲ ލޯބި ޖެއްސެވިއެވެ. އެލޯތްބަކީ ގަލަމަކުން ދުލަކުން ބަޔާންކުރެވޭނެ ލޯތްބެއްނޫނެވެ. މައިންބަފައިންގެ ހުރިހާވެސް އުފަލަކީ، ހިތްހަމަޖެހުމަކީ ހަރުދަނާ ޚުލްޤު ހެޔޮ ތަޢުލީމު ލިބިފައިވާ، މައިންބަފައިންގެ ހައްޤު އަދާކުރާ ބައެއްގެ މައިންބަފައިން ކަމުގައިވުމެވެ. ޝައްކެއްނެތެވެ. މައިންބަފައިން ދަރިންނަށްޓަކައި އަތްވާއި ވާރޭގައި ރެއާއިދުވާލު ބުރަ މަސައްކަތް ކުރެއެވެ. އެކުދީންނަށް ބޭނުންވާ މާއްދީ ބޭނުންތައް ފުރިހަމަކޮށް ދިނުމަށެވެ. އެކުދިންގެ މުސްތަޤްބަލް އުޖާލާ މުސްތަޤްބަލަކަށް ހެދުމަށެވެ. އެކުދިންނަށް ހިތްހަމަޖެހުން ހޯދައި ދިނުމަށެވެ. އެކުދީންނާއި އެކުގައި އުޅޭ އެހެން ކުދިންނަށް ލިބިފައިވާ ހުރިހައި ފަސޭހަތަކެއް އެކުދިންނަށް ހޯދައި ދިނުމަށެވެ. އެކުދިންގެ ބޭނުންތައް ގެއިން ތަނަވަސްނުވެގެން ބޭރަށް ނިކުމެގެން ނުދިއުމަށެވެ. މައިންބަފައިން ދަރިންނާއި މެދުގައި ކަންތައްކުރާ ގޮތަކަށް ދަރިން މައިންބަފައިންނާ ދޭތެރޭ ކަންތައް ކުރެއެވެ.
ކުޑަކުދިންނަކީ އެކުދިން އުޅޭ މާޙައުލުގައި އުޅޭ އެންމެންގެ ލޯބި ލިބިގެންވާނޭ ބައެކެވެ. ކުޑަކުދިންނަށް އޯގާވެރިވެ ރަޙުމް ނުކުރާ މީހުންނަކީ ރަޙްމާއި އޯގާވެރިކަން ނެތިވެ ގޮސްފައިވާ ބައެކެވެ. ދަރިންނަށް އޯގާވެރިވެ ލޯބިކޮށް ނުއުޅޭ މައިންބަފައިން މަދުން ނަމަވެސް ފެންނަމުންދެއެވެ. އެފަދަ މައިންނާ ބަފައިންނަކީ އެމީހުންގެ ހިތުން ރަޙްމާއި އޯގާވެރިކަން ނިގުޅައިގަނެވިފައިވާ މީހުން ކަމުގައި ބެލެވެއެވެ. ކުޑަކުދިންނަށް އޯގާވެރިވުމާއި ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުމާއި މުސްކުޅިންނަށް އަޅާލުމަކީ ޤުދުރަތުން އިންސާނުންގެ ކިބައިގައި ލައްވާފައިވާ ކަމެކެވެ. އެހެނަސް ބައެއްމީހުންގެ ކިބައިން މި ސިފަ ފެންނަމުން ދާލެއް ވަރަށް ކުޑަކަމުގައި ދަންނަވަން ޖެހެއެވެ.

ކުޑަކުދިންގެ ތަރުބިއްޔަތު
ދަރިންގެ ތަރުބިއްޔަތަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ދީނީ އަދި އަޚްލާޤީ މަސްޢޫލިއްޔަތެކެވެ. އަދި ވާޖިބެކެވެ. އެއްވެސް ހާލެއްގައި އަދި އެއްވެސް ސިފައެއްގައި ޚާއްސަކޮށް މައިންބަފައިން އާންމުކޮށް މުޖްތަމަޢަށް އެކަމުން އެއްކިބާ ނުވެވޭނެއެވެ. ޝައްކެއްނެތެއެވެ. ކުއްޖާ އުފަންވަނީ ފިޠްރަތުގެ ސާފުގޮތުގައެވެ. މިއީ ތަރުބިއްޔަތާއި އަޚްލާޤުގެ ޢިލްމުވެރިންގެ ގާތުގައި ތަސްލީމު ކުރެވިގެންވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. ކުއްޖާ ދުނިޔެއަށް އުފަންވަނީ ތަވްޙީދުގެ އަޤީދާގެ އެބަހީ: ﷲ އެއްކައުވަންތަކަމަށް އީމާންވުމުގެ މަތީގައެވެ. ސާފުޠާހިރުކަންމަތީގައެވެ. ހޭލުންތެރި މަންމައެއްގެ ތަރުބިއްޔަތުގައި އޭނާ ތަރުބިއްޔަތު ކުރެވިއްޖެނަމައެވެ. އަދި ރަނގަޅު ޞާލިޙް، ﷲ އެއްކައުވަންތަ ކަމަށް އީމާންވާ ބައެއްގެ ތެރޭގައި ބޮޑުވަމުންދާނަމައެވެ.

ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް އެކަން އަންގަވަމުން ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ކޮންމެ ކުއްޖަކުވެސް އުފަންވާނީ ފިޠްރަތުގެ ސާފު ގޮތުގައެވެ. އެކުއްޖާ ޔަހޫދީ ކުރަނީ ނުވަތަ ނަޞްރާނީ ކުރަނީ އެކުދިންގެ މައިންބަފައިންނެވެ.” އާދެ! އިތުރު އެކަލޭގެފާނުގެ މި ބަސްފުޅުން އެނގޭ ގޮތުގައި ކުއްޖާ ފިޠްރަތުގެ ސާފު ގޮތުން އެބަހީ ﷲ އެއްކައުވަންތަކަމަށް އީމާންވުމުން އެއްކިބާ ކުރަނީ މައިންބަފައިންގެ ޢަމަލުތަކުގެ ސަބަބުންނެވެ. ހަމަ އެފަދައިން އެކުއްޖަކު ފިޠްރަތުގެ ސާފު ގޮތުގައި ޤާއިމުވެ ދެމިހުންނަނީވެސް މައިންބަފައިންގެ ސަބަބުންނެވެ. އިސްލާމްދީން ލާޒިމްކުރަނީ ޅަފަތުއްސުރެ އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރުމަށެވެ. ކުއްޖާގެ ޢުމުރާ ގުޅޭގޮތުން ދީނީ ވާޖިބުތައް އުގަންނައިދީ ވިސްނައިދީ ޢަމަލީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވާ ހާނުވަމުން ގެންދިއުމަށެވެ. މުލްޙިދުންނާއި ޣައިރު މުސްލިމުންގެ އަތް މައްޗަށް ދޫކޮށް ނުލުމެވެ. ޅަފަތުއްސުރެ ތަރުބިއްޔަތުގައި އަހައްމިއްޔަތުކަން ދޭންޖެހޭ ދީނީ ކަންކަމަށް އިސްކަން ދިނުމެވެ.

ކަންކަމާމެދު ވިސްނައި ފިކުރުކޮށް އުޅޭ ޢުމުރަށް ދިއުމުން ޙަރާމާއި ޙަލާލުގެ ޙުކުމްތަށް އޭނާއަށް އަންގައިދިނުން:
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން އިބްނު ޖަރީރު ރިވާކުރެއްވިއެވެ. ހަމަކަށަވަރުން އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް ޢަމަލުކުރާށެވެ. އަދި ﷲއަށް އުރެދުމަށް ބިރުވެތިވާށެވެ. އަދި އެކަލާނގެ އަމުރުތައް އަދާ ކުރުމަށާއި އެކަލާނގެ ނަހީ ކުރައްވާފައިވާ ކަންތައްތަކުން ދުރުވެ އެއްކިބާވުމަށް ތިޔަބައިމީހުންގެ ދަރިންނަށް އަމުރުކުރާށެވެ. ފަހެ ތިޔަބައިމީހުންނަށާއި އެމީހުންނަށް ނަރަކައިންވާ ރައްކާތެރިކަމެކެވެ.

މިކަމުގައި ފޮރުވިގެންވާ ސިއްރުތައް:
ކުއްޖާ ހެދިބޮޑުވަމުން އަންނައިރު ﷲގެ އަމުރުތަކަށް ކުއްޖާގެ ލޯ ހުޅުވެމުން ދިޔުމަށްޓަކައެވެ. އަދި އެ އަމުރުތައް އަދާ ކުރުވުމަށްޓަކައެވެ. އަދި އެކަލާނގެ ނަހީ ކުރައްވާފައިވާ ކަންތަކުން ދުރުވެގަތުމަށެވެ. އަދި އެކަންކަމަށް ތަރުބިއްޔަތު ދިނުމަށެވެ. އަދި އެކުއްޖާއަށް ކަންކަން ވިސްނައިގަތުމުގެ ފިކުރު ލިބެމުންދާން ފެށީއްސުރެ ޙަރާމާއި ޙަލާލުގެ ޙުކުމްތައް ރަނގަޅަށް ދެނެގަތުމަށެވެ. އަދި ޅަފަތުއްސުރެ އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކާއި ގުޅެމުން ދިއުމަށެވެ. ފަހެ ހަމަކަށަވަރުން އޭނާއަށް ޝަރީޢަތެއްގެ ގޮތުންނާއި މަގެއްގެ ގޮތުން އިސްލާމްދީން ފިޔަވައި އެހެން ދީނެއް އެނގިފައި ނުވުމަށެވެ.

ކުއްޖާ ޢުމުރުން 7 އަހަރުވުމުން އަޅުކަންކުރުމަށް އަމުރުކުރުން
ޢަމްރޫ ބުނުލް އާޞް ރަޟިޔަﷲ ޢަންހުމާގެ ކިބައިން އަބޫ ދާއޫދާއި ޙާކިމް ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ.
مُرُوا أَوْلادَكُمْ بِالصَّلاةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرٍ وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ 
މާނައީ:”ތިޔަބައިމީހުންގެ ދަރިންނަށް އެކުދިންގެ ޢުމުރުން 7 އަހަރުވުމުން ނަމާދަށް އެކުދިންނަށް އަމުރުކުރާށެވެ. އަދި އެކުދިންގެ ޢުމުރުން 10 އަހަރުވުމުން ނަމާދު ނުކުރަނީނަމަ އެކަމުގެ މައްޗައް އެކުދިންނަށް އަދަބުދޭށެވެ. އަދި އެކުދިންގެ ތަންމަތިތައް ވަކިކުރާށެވެ.” އެބަހީ: ދެކުދިން އެއް ތަންމައްޗެއްގައި ނުނިންދަވާށެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ މި އިރުޝާދު ގެ މައްޗަށް ޤިޔާސްކޮށް ރޯދަހިފުމަށް އާދަކޮށް ހޭނުވުމުގެ ގޮތުން ބައެއް ދުވަހު ރޯދައަށް ބެހެއްޓުން އެދެވިގެންވިއެވެ. އެކުއްޖާއަށް އެކަމުގެ ޤާބިލުކަން ލިބިގެންވާނަމައެވެ. އަދި ހަމަ މިފަދައިން ބައްޕަ އަކީ ތަނަވަސްކަން ލިބިގެންވާ މީހަކު ކަމުގައިވެފައި ކުދިން ގޮވައިގެން ޙައްޖަށް ދިއުމަށް އެޅޭ ހުރަހެއް ނެތްނަމަ ޅަފަތުގައި އެކަމަށްވެސް ހާނުވައި އާދަކުރުމުގެ ގޮތުން ގޮވައިގެން ދިއުމަށް ދީނުގެ ޢިލްމުވެރިން ހިތްވަރުދެއެވެ.

މިކަމުގައި ވަންހަނާވެގެންވާ ފައިދާ:
ޅަފަތުންސުރެ މިފަދަ އަޅުކަމުގެ ޙުކުމްތައް ކުއްޖާއަށް އުގެނިގަތުމެވެ. އަދި އެކަން އަދާ ކުރުމުގެ ޤާބިލުކަން ލިބިގަތުމެވެ. އަދި ކީރިތި ﷲއަށް ކިޔަމަންތެރިކަން އަދާ ކުރުންމަތީ ތަރުބިއްޔަތު ލިބެމުންދިއުމެވެ. އެކިޔަމަންތެރިކަން އަދާކުރުން މަތީ ޤާއިމްވެ ދެމިހުރުމެވެ. އަދި އެކަލާނގެ ނިޢުމަތްތަކަށް ޝުކުރު އަދާ ކުރުމާއި އެކަލާނގެ ޙަޟްރަތަށް ކަންކަމަށް އެދި ދެންނެވުމާއި އެފަރާތަށް ޔަޤީންކަން އުފެއްދުމެވެ. އަދި އެކަލާނގެއަށް އިޢުތިމާދުކޮށް ތަޥައްކަލް ކުރުމެވެ. އަދި އެކަލާނގެ ޙަޟްރަތަށް ކަންކަމަށް އެދި ދެންނެވުމެވެ. އަދި އެއަޅުކަމުން ރޫޙު ޠާހިރު ކުރުމެވެ. އަދި ތިމާގެ ޞިއްޙަތު ރައްކާތެރިކޮށް ހަށިގަނޑަށް ހީވާގިކަމާއި މުރާލިކަން ލިއްބައިދިނުމެވެ. އަޚްލާޤު ތަހްޒީބުކޮށް ޒީނަތްތެރި ކުރުމެވެ. ބަހާއި ޢަމަލު އިޞްލާޙުކޮށް އުނި ސިފަތަކުން ދުރުވުމެވެ.

ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަށާއި، އަހުލުބައިތުންނަށާއި ކީރިތި ޤުރުއާން ތިލާވަތުކުރުމަށް ލޯބި ޖައްސައި އެކަމަށް ތަރުބިއްޔަތު ކުރުން:
ޢަލީ ރަޟިޔަﷲ ޢަންހު ގެ ކިބައިން އައްޠަބްރާނީ ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ. ”ތިންކަމެއްގެ މައްޗައް ތިޔަބައިމީހުންގެ ދަރިންނަށް އަދަބު ދަސްކޮށްދޭށެވެ. ތިޔބައިމީހުންގެ ނަބިއްޔާއަށް ލޯބިކުރުމަށެވެ. އެކަލޭގެފާނުގެ އަހުލުބައިތުންނަށް ލޯބި ކުރުމަށެވެ. އަދި ކީރިތި ޤުރުއާން ކިޔެވުމަށެވެ. ފަހެ ހަމަކަށަވަރުން ކީރިތި ޤުރުއާން ހިތުދަސްކޮށްގެން ވާމީހާވާނީ ﷲގެ ޢަރުޝީގެ ހިޔަލުގައެވެ. އެ ޢަރުޝީގެ ހިޔާވަހިކަން މެނުވީ އެހެން ހިޔާވެހިކަމެއްނުވާ ދުވަހުގައެވެ. އެކަލާނގެ ނަބީންނާއި އެކަލާނގެ އަޞްފިޔާއުންނާއި އެކުގައެވެ.”

ކީރިތި ޤުރުއާން ދަރިންނަށް އުގަންނައިދިނުން ވާޖިބުވެގެން ވުމާމެދުގައްޔާއި އަދި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ކުރެއްވި ހަނގުރާމަތަކުގެ ވާހަކަ އާއި އިސްލާމީ އަބްޠާލުންގެ ވާހަކަ ކިޔައިދިނުމާއި މެދުގައި އިސްލާމީ ތަރުބިއްޔަތުގެ ޢިލްމުވެރިން ވިދާޅުވެފައިވާ ވިދާޅުވުން ތިޔަބައިމީހުންނަށް ކުރުގޮތަކަށް ގެނެސްދެމެވެ. ސަޢުދު ބުނި އަބީ ވައްޤާސް ރަޟިޔަﷲ ޢަންހު ވިދާޅުވެއެވެ. ”ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ކުރެއްވި ހަނގުރާމަތަކުގެ ވާހަކަތައް ތިމަންގެ ދަރިންނަށް ކީރިތި ޤުރުއާންގެ ސޫރަތްތައް ދަސްކޮށްދޭ ފަދައިން އެކުދިންނަށް އުގަންނައި ދެމެވެ.”

އަލް އިމާމުލް ޣަޒާލީ އެކަލޭގެފާނު ލިޔުއްވެވި އަލްޙިއްޔާއޭ ކިޔުނު ފޮތުގައި ވަޞިއްޔަތް ކުރެއްވިއެވެ. ”ކީރިތި ޤުރުއާން ކުޑަކުދިންނަށް އުގަންނައިދީ އެޤުރުއާނުގެ ތަޢުލީމުދީ އުގަންނައިދޭށެވެ. އަދި ހެޔޮލަފާ ޞާލިހުންގެ ވާހަކަވެސް މެއެވެ. އަދި އެޤުރުއާނުގައިވާ ބައެއް ދީނީ ޙުކުމްތައް ވެސްމެއެވެ.”

އިބްނު ޚަލްދޫންގެ މުޤައްދިމާގައި ކުޑަކުދިންނަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދީ އެޤުރުއާނުގެ ޢިލްމު އުގަންނައި ދިނުމުގެ އަހައްމިއްޔަތުގެ މައްޗަށް އިޝާރާތް ކުރައްވައި މިގޮތަށް ވިދާޅުވެފައިވެއެވެ. ”ކީރިތި ޤުރުއާނުގެ ތަޢުލީމަކީ އިސްލާމީ ހުރިހައި ޤަވްމުތަކެއްގައި ތަޢުލީމުގެ ހުރިހާ މަރުޙަލާތަކެއްގެ ބިންގާކަމުގައި ވާންވާނޭ ކަމުގައި ބަޔާންކުރެއްވިއެވެ. އެއީ ދީނުގެ ޢަޤީދާ ހަރުދަނާވެ އީމާންކަން ރާސިޚްވެ ސާބިތުކޮށްދޭ ދީނުގެ ޝިޢާރުތަކުގެ ތެރެއިން އެންމެ އިސް އެންމެ މުޤައްދަސް ޝިޢާރުކަމުގައިވާތީއެވެ.”

އިބްނު ސީނާގެ އައްސިޔާސަތު މިފޮތުގައި ކުޑަކުދިންނަށް ދީނުގެ ޢިލްމު އުގަންނައިދިނުން ތަޢުލީމުގެ ފެށުން ކަމުގައި ހެދުމަށް ނަސޭޙަތްތެރި ވެވަޑައިގެންފައި ވެއެވެ. އޭނާ ވިދާޅުވެފައިވެއެވެ. ”އެކަމުން އީމާންކަން ރާސިޚްވެއެވެ. އަދި އުނގެނުމަށް ކުއްޖާގެ ހަށިގަނޑާއި ބުއްދި ތައްޔާރުވެއެވެ. އެކަމުގެ ޤާބިލުކަން ކުއްޖާއަށް ލިއްބައިދެއެވެ.”

މުސްލިމުންގެ އަސްލާފުން އެބައިމީހުންގެ ދަރިން މުރައްބީއަކާއި ހަވާލުކުރާއިރު އޭނާގެ ކިބައިން ފުރަތަމަ އެދޭކަމަކީ އެކުއްޖާއަށް ކީރިތި ޤުރުއާނުގެ ޢިލްމު އުނގަންނައި ދިނުމެވެ. އަދި އެކުދިންނަށް އެ ޤުރުއާން ކިޔަވައި ދިނުމެވެ. އަދި އެކުދިންނަށް އެ ޤުރުއާން ދަސްކޮށްދިނުމެވެ. އެކަމުން އެކުދިންގެ ދޫހޭނި އެކުދިންގެ ރޫޙުތައް މަތިވެރިވެއެވެ. އަދި އެކުދިންގެ ހިތްތަކުގައި ﷲއަށް ބިރުވެތކަން އުފައްދައެވެ. އަދި ލޮލުން ކަރުނަ އޮހޮރުވައެވެ. އެކުދިންގެ ހިތްތަކުގައި ﷲއަށާއި އާޙިރަތް ދުވަހަށް އީމާންވުން އިތުރުވެ ޔަޤީންކަން ރާސިޚްވެއެވެ.

މުރައްބީންނަށް އެކަށީގެންވަނީ މި ބަޔާންވެދިޔަ އަދަބުތަކާއި އެއްގޮތް ވާގޮތުގެމަތީން ކުދިންގެ ތަޢުލީމުގެ ބިންގާ އަޅައިދީ ތަޢުލީމުގެ ހަރުފަތްތައް ގިރާކުރުވަމުން ގެންދިއުމުގައި އެހީތެރިވެދިމުނެވެ. އެކުދިން ދިނާއި ދުރުވުމުން ރައްކާތެރިކުރުމެވެ. އެކުދިންގެ އިސްލާމީ ޢަޤީދާ ވަރުގަދަ ކުރެމެވެ. ޝައްކެއްނެތެވެ. ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠްރަތުގެ ސާފު ގޮތުގައެވެ. ހޭލުންތެރި ޞާލިހު ތަޤްވާވެރި ޢާއިލާއެއްގެ ތެރޭގައި އެފަދަ މާޙަޥްލެއްގައި ބޮޑުވަމުން އަންނަ ކުއްޖާ ބޮޑުވަމުން އަންނާނީ އެ ފިޠްރަތުގެ ސާފު ކަންމަތީގައެވެ. އާދެ! މި ފިޠްރަތަށް ކީރިތި ޤުރުއާނުގައި އޝާރާތްކުރައްވައި ވަޙީކުރައްވާފައިވެއެވެ.
فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لَا تَبْدِيلَ لِخَلْقِ اللَّهِ (سورة الروم ٣٠)
މީސްތަކުން އެ ފިޠްރަތެއްގެ މަތީގައި ކީރިތި ﷲ ހެއްދެވި ފިޠްރަތެއްގެ މަތީގައި ކީރިތި ﷲ ހެއްދެވި ފިޠްރަތު (ދަންނައެވެ.) ﷲގެ ހެއްދެވުމަށް ބަދަލެއްނުވެއެވެ. ”ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޡް ކުރެއްވިއެވެ.
” كُلُّ مَوْلُودٍ يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ ” ( رواه البخاري عن ‏ ‏أبي هريرة ‏ ‏رضي الله عنه)
މާނައަކީ: ”ކޮންމެ ކުއްޖަކު އުފަންވަނީ ފިޠްރަތުގެ ސާފު ގޮތުގައެވެ. ފަހެ އޭނާ ޔަހޫދީ ނުވަތަ ނަޞާރާ ނުވަތަ މަޖޫސީ ކުރަނީ އޭނާގެ މައިންބަފައިންނެވެ.”

ޝައްކެތްނެތެވެ. ދަރިންނަކީ މައިންބަފައިނާ ހަވާލުވެގެންވާ ވަރަށް ބޮޑު އަމާނާތެކެވެ. އެއަމާނާތަށް ރައްކާތެރިވުމަކީ ހެޔޮ ރަނގަޅު ގޮތުގައި އޭނާ ތަރުބިއްޔަތު ކުރުމެވެ. އޭނާގެ ހިތަކީ ސާފުޠާހިރު ވެގެންވާ އަގުބޮޑު ޖަޥްހަރެކެވެ. މައިންބަފައިން އެދޭގޮތަކަށް އޭނާ ތަރުބިއްޔަތު ވެއެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އޭނާ އަށް ފަހިވަމުންދާގޮތުގައި މައިންބަފައިންނަށް އޭނާ ތަރުބިއްޔަތު ކުރެވޭނެއެވެ. ނުބައި ކަންކަމުން އެއްކިބާވެގެންވާ މާތް ރީތި އަދަބުތަކުން ގަހަނާ ވެގެންވާ ކުއްޖަކަށް ހެދޭނެއެވެ. އެހެންކަމުން މައިންބަފައިން މިކަންކަމަށް ހިޔާލު ނުކޮށް ދޫކޮށްލައިފިނަމަ ނުރަނގަޅު އާދަތައް ހިފެވި ނުބައިކަންކަމުގެ ފަރާތައް ލެނބި ހެޔޮނުބައި ވަކިކޮށް ނުގަނެވޭނޭ ވަލުޖަނަވާރަކަށް ވުރެ ދަށު ދަރަޖައަށްވެސް ހިނގައިދާނެއެވެ.

ޅަފަތުގެ ތަރުބިއްޔަތު ޣައިރު މުސްލިމުންގެ އަތްމައްޗަށް ދޫކޮށްލެވިއްޖެއްޔާ ކުއްޖާ ބޮޑުވާނީ އެބަޔަކުގެ ގޮތުގައެވެ. އެހެންކަމުން ”ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އިސްވެދިޔަ ޙަދީޘްގައި އެކަމުގެ ޒިންމާ މައިންބަފައިންގެ ކޮނޑުގައި އެޅުއްވިއެވެ. އާދެ! އެފަދަ ހާލުގައި ކުއްޖާ ބޮޑުވާނީ މުލްޙިދެއްގެ ގޮތުގައެވެ، ނުވަތަ އެމީހުންގެ ޢަޤީދާއަށާއި އާދަކާދަތަކަށް ލެނބިގެންވާގޮތުގައެވެ. އިސްލާމްދީނަށް ނަފުރަތްތެރިވާ މީހެއްގެ ގޮތުގައެވެ.

Monday, March 2, 2015

Ginairu isheedhegen thibumun libey gehlun

މާގިނައިރު އިށީނދެގެން އިނުމުން ލިބޭ ގެއްލުންތައް




މޭޒު ކައިރީގައި ގިނަ ވަގުތު އިށީނދެގެން ތިބުމަކީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ސިއްހަތަށް ލިބޭ ކަމެއް ކަމަށް ސައިންސްވެރިން ވިދާޅުވޭ

މާގިނައިރު އެއްތަނެއްގައި ނުތެދުވެ އިނުމަކީ އުމުރު ކުރުވާ ކަމެއްކަން އެނގޭ ހެއްޔެވެ؟ 


ސައިންސްވެރިން ވިދާޅުވަނީ މާގިނައިރު އޮފީހުގެ މޭޒު ކައިރީގައި ތިބޭ މީހުންނަށް ހިތުގެ ބަލީގެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ.


އަބަދު ކަހަލަ ގޮތަކަށް އޮފީހުގައި ބުރަ މަސައްކަތުގައި ގޮނޑިން ތެދުވެލާނެ ވަގުތެއް ވެސް ނުވެ އެތައް ގަޑިއިރެއް ހޭދަކޮށްލާ މީހުން އުޅެ އެވެ. މިފަދަ މީހުންގެ ސިކުނޑީގެ ސިއްހަތަށް ވެސް ގެއްލުންވެ ނަފްސާނީ މައްސަލަތައް ކުރިމަތިވެ އެވެ. 


މާގިނައިރު ގޮނޑީގައި ނުތެދުވެ ތިބޭ މީހުންނަށް ނުކުޅެދޭ ފަދަ މައްސަލަތައް ދިވުމާއި ސިއްހަތަށް ނުރައްކާ ވުން ވެސް ވަރަށް ގާތެވެ.


ދިރާސާތަކުން ދައްކާ ގޮތުގައި ހަށިގަނޑު ހަރަކާތްކުރުން މަދު ވަޒީފާތަކުގައި އުޅޭ މީހުންނަށް ކޮލޯން ކެންސަރު ޖެހުމުގެ ނުރައްކާ ދެ ގުނައަށް އިތުރެވެ. 



މާގިނައިރު އިށީނދެ އިނުމުން ހަމައެކަނި ސިއްހަތަށް ބޮޑެތި ގެއްލުންތައް ވަނީކީ ނޫނެވެ. ގަވާއިދުން ކަސްރަތު ކުރިޔަސް އެ ގެއްލުން ފޫބެއްދޭނެ ގޮތް ވެސް ނުވަނީ އެވެ. 
މިގޮތަށް ގޮނޑީގައި ގިނަ ވަގުތު އިށީނދެ އިނދެގެން ވަޒީފާ އަދާކުރާ މީހުންނާ ގުޅުން ހުރި ސިއްހީ ބޮޑެތި 24 މައްސަލައެއް ތަޖުރިބާކާރުން ވަނީ ހޯއްދަވާފަ އެވެ. 


ތިރީގައި މިވަނީ ގިނަ ވަގުތު ގޮނޑީގައި އިށީނދެ އިންނަ މީހުންގެ ސިއްހަތަށް ދިމާވެދާނެ ބައެއް ކަހަލަ ނުރައްކާތަކެވެ.



ކޮލެސްޓްރޯލް މައްޗަށް ދިއުން
ގޮނޑީގައި ގިނަ ވަގުތު މަސައްކަތް ކުރަން ތިބޭ މީހުން މިގޮތަށް އަހަރެއްހާ ދުވަހު ތިބޭއިރަށް އެމީހުންގެ ކޮލެސްޓްރޯލް ލެވެލް މައްޗަށް މަޑުމަޑުން މައްޗަށް ދާކަން ފާހަގަ ކުރެވޭނެ އެވެ. އިށީނދެގެން އިންނަ ވަގުތު ގިނަވާ މިންވަރަށް ކޮލެސްޓްރޯލް ވެސް މަތިވަމުން ދެއެވެ. މާގިނައިރު މިގޮތަށް ތިބުމުން އިންސިއުލިން ސެންސިޓިވިޓީ ވެސް ދަށްވެ އެވެ.



މާބޮޑަށް ފަލަވުން
ދުންފަތުގެ އިސްތިއުމާލުކުރުމުން ހިތުގެ ބަލި
މަސްތަކުގައި ހުންނަ ސަރުބީތައް ވިރޭނީ ވަރަށް ކުޑަކޮށެވެ. އަދި ހަށިގަނޑުގައި ލޭ ދައުރުވުމަށް ވެސް ހުރަސްތައް ކުރިމަތިވެ އެވެ. މިކަމުގެ ސަބަބުން ފެޓީ އެސިޑްތައް ހިތަށް ޖަމާވެ އެވެ. ހިތުގެ ތަފާތު ގިނަ ބަލިތައް ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ހެލިފެލިވެ ނޫޅޭ ދިރިއުޅުން އުޅޭ މީހުންނަށެވެ.



ކެންސަރު
ހަށިގަނޑުގެ ހަރަކާތްތައް ކުޑަވުމުން ހިތުގެ ބައްޔާއި ކެންސަރު ޖެހިގެން މަރުވުމުގެ ނުރައްކާ އިތުރުވެ އެވެ. މިފަދަ މީހުންނަށް އުރަމަތީ ކެންސަރާއި އޯވަރީ ކެންސަރު ޖެހުމުގެ ފުރުސަތު މާ ބޮޑަށް އިތުރެވެ.



ހަކުރުބަލި
މާގިނައިރު މޭޒު ކައިރީގައި ތިބޭ މީހުންގެ ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު އެއް ވަރެއްގައި ހިފެހެއްޓުމުގެ ގާބިލްކަން ކުޑަ ވެއެވެ. ހަކަތަ އިތުރުކުރުމަށްޓަކައި ލޭގައި ހުންނަ ގުލްކޯޒް، ސެލްތަކަށް ގެންގޮސްދިނުމުގެ މަސައްކަތްކުރާ ހޯމޯން އިންސިއުލިންގެ އަސަރު މިކަމުގެ ސަބަބުން ދަށަށް ދެއެވެ.
 ގެއްލުން ލިބޭ ގޮތަށް މާގިނައިރު އިށީނދެގެން އިނުމުން ވެސް އެވަރުގެ ބޮޑު ގެއްލުމެއް ވެއެވެ. ހަށިގަނޑުގެ ހުރިހާ މަސްތަކެއްގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ނުހިފި ގިނަ ވަގުތުތަކެއް ދާތީ މީހާގެ ހަކަތަ ދަށް ވެ އެވެ. އަދި ކެލޮރީ އަނދަނީ ވެސް ވަރަށް 
މަދުންނެވެ.
ސިކުނޑީގެ މަސައްކަތް ދަށްވުން

ތާޒާ ލެޔާއި އޮކްސިޖަން ސިކުނޑިއަށް ޕަމްްޕް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ ހަށިގަނޑުގައި ހުންނަ މަސްތަކެވެ. މިގޮތަށް ސިކުނޑިއަށް ލެޔާއި 
މައިބަދައަށް ތަދުވުން
މައިބަދަ ހަރަކާތް ނުކުރާނަމަ ގެއްލުން ލިބުމުގެ ނުރައްކާ ވަރަށް ބޮޑެވެ. އަހަރެމެން ބައެއް ކަހަލަ ހަރަކާތްތައް ކުރުމުން ވާޓެބްރާގެ ދެމެދުގައިވާ ސޮފްޓް ޑިސްކްތައް މަސައްކަތްކުރެ އެވެ. އެއީ ލެޔާއި ނިއުޓްރިއެންޓްސް ހޯދަން ކުރާ މަސައްކަތެވެ. އަހަރެން މާގިނައިރު ވަންދެން ހަރަކާތެއް ނުކޮށް އިނުމުން ޑިސްކްތައް އެއްވެސް ހަމައެއް ނެތި ފިތެ އެވެ.



ދިރިއުޅުން ދެކެ ފޫހިވުން
މާގިނަ ވަގުތު އޮފީހުގެ އެކި މަސައްކަތުގައި ގޮނޑިން ނުތެދުވެ އިނުމަކީ އެހެން މީހުންނާ އޮންނަ ގުޅުމަށް ވެސް ބުރޫ އަރާ، މީހާ މާ ބޮޑަށް އެކަނި ވާނެ ކަމެކެވެ. މިއީ ނަފްސާނީ ގޮތުން މީހާއަށް އެހާ ރަނގަޅު ގޮތެއް ނޫނެވެ. 



ފަޔަށް ދިމާވާ މައްސަލަތައް
މާގިނަ ވަގުތު އިށިނދެގެން އިނުމުން ފައިގައި ރަނގަޅަކަށް ލޭ ދައުރެއް ނުވާނެ އެވެ. ފަޔަށް މާ ގިނައިން ފެން ޖަމާވެ ދުޅަވާ ގޮތް ވަނީ މި ސަބަބާ ހުރެ ކަމަށް ވެދާނެ އެވެ. މިގޮތުން ދިމާވާ ބައެއް މައްސަލަތަކުގެ ތެރޭގައި ނާރުތައް ފުއްޕުން ނުވަތަ ވެރިކޯސް ވެއިންސް އަދި ފައިގެ ކުޑަހުޅު ދުޅަވުން ފަދަ މައްސަލަ ހިމެނެ އެވެ. ފޮނުވާލުމުން މޫޑު ރަނގަޅު ކޮށްދޭ ކެމިކަލްތަކެއް ސިކުނޑިން ފޮނުވާލާނެ އެވެ. ހަރަކާތްތެރި ނޫން ދިރިއުޅުން އުޅޭ މީހުންގެ ސިކުނޑި އާއި ހަށިގަނޑުގެ ހުރިހާ މަސައްކަތެއް ވެސް ލަސް ވާނެ އެވެ.  



މެޓަބޮލިކް ސިންޑްރޯމް
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ހަރަކާތްމަދު ދިރިއުޅުން އުޅޭ މީހުންނަށް މެޓަބޮލިކް ސިންޑްރޯމް ޖެހެ އެވެ. މިއީ ތަފާތު ގިނަ ބަލިތަކުގެ ތެރެއިން ލޭ މައްޗަށް ދިއުން، ހަކުރު މަތިވުން، ކޮލެސްޓްރޯލް މައްޗަށް ދިއުން އަދި އުނަގަނޑުގައި މަސް ޖެހުން ފަދަ ގިނަ މައްސަލަތަކެއް އެއްފަހަރާ ދިމާވުމަށް ކިޔާ ނަމެކެވެ.



ބުރަކަށީގައި ރިއްސުން
މާގިނައިރު ގޮނޑިގައި ނުތެދުވެ އިނުމަކީ ބުރަކަށީގައި ރިއްސަން މެދުވެރިވާ އެންމެ ބޮޑު ސަބަބެވެ. މިގޮތަށް ތިބޭ މީހުންނަށް ބުރަކައްޓަށް ހީވެސް ނުކުރާ ކަހަލަ ބޮޑެތި ގެއްލުންތައް ލިބުން އެކަށީގެން ވެއެވެ.

ނާރުތައް ހަލާކުވުން

ހަރަކާތެއް ނެތި އެތައް ގަޑިއެއްގެ އިރު އިނުމަކީ ނާރުތަކުގައި ވަރަށް އަވަހަށް މައްސަލަ ޖެހޭ ކަމެކެވެ.



ބައްޓަން ހަޑިވުން
މޭޒު ކައިރީގައި ގިނަ ވަގުތު އިނުމުން އުނަގަނޑާއި ކަކޫ އަދި މައިބައިދަ ފަދަ ތަންތަނަށް ޕްރެޝަރު ބޮޑުވެ އެވެ. ނަތީޖާއެއްގެ ގޮތުން މާ ބޮޑަށް ވަރުބަލިވާތީ އުޅުމަކީ އެކަށީގެންވާ ކަމެކެވެ.



އައްސިވުން 
ގޮނޑީގައި އެއް ގޮތަކަށް މާ ގިނަ ވަގުތު އިނުމުގެ ސަބަބުން ނާރުތަކަށް ގެއްލުން ވެއެވެ. އައްސިވުމާއި ތަދުވުމަކީ މިކަމުގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެ އެވެ.



ޑިޕްރެޝަން 
ދުވާލު ހަތަރުދަމު ގޮނޑިއެއްގައި އިށީނދެގެން އިނުމަކީ މީހާގެ ހަކަތަ ނެތިގެން ގޮސް ސިކުނޑިއަށް ވެސް ވަރުބަލިކަން ލިބޭނެ ކަމެކެވެ. އިށީނދެގެން ގިނައިރު ތިބޭ ވަރަކަށް ޑިޕްރެޝަންގެ މައްސަލަތައް ދިމާވުން އިތުރުވާނެ އެވެ.