Saturday, May 2, 2015

" ރޯބޯކޮޕް" ބޭނުން ކުރަނީ

ދެއަހަރު ތެރޭގައި ދުބާއީގައި "ރޯބޯކޮޕް" ބޭނުން ކުރަން ފަށަނީ



ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި 2017 ވަނަ އަހަރަށް ވާން ވާއިރަށް "ފުލީ އިންޓެލިޖެންޓް" ރޮބޮޓުތައް (ރޯބޯކޮޕް) މަގުމަތި ޕެޓްރޯލް ކުރުން ފަދަ މަސައްކަތް ކުރާނެކަމަށް އެ ސިޓީގެ ސްމާޓް ޔުނިޓުގެ ހެޑު، ކާނަލް ޚާލިދު ނަސީރު އަލްރަޒޫގީ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ، އެ ރޮބޮޓުތައް ފުރަތަމަ ނެރޭއިރު އެ މެޝިންތައް މަސައްކަތް ކުރާނީ މީހުން ގިނައިން އުޅޭ ސަރަހައްދުތަކުގެ ތެރެއިން އާންމުކޮށް ރައްކާތެރި ސަރަހައްދުތަކުގައި ކަމަށެވެ. އޭގެ ތެރޭގައި ބޮޑެތި ޝޮޕިން މޯލް ފަދަ ތަންތަން ހިމެނޭ ކަމަށް އޭނާ ވިދާލުވިއެވެ.
"އެ ރޮބޮޓުން، އެ ސަރަހައްދުގައި އުޅޭ އާންމުންނާ ސީދާ އިންޓަރެކްޓް ކުރާނެ. މޮނިޓަރާއި މައިކްރޮފޯން ހިމެނޭ ގޮތަށް ހުންނަ އެ ރޮބޮޓުތައް މަސައްކަތް ކުރާނީ އާންމުގެ ކްރައުޑް ބޮޑެތި ސަރަަހައްދުތަކުގައި. މިސާލަކަށް ޝޮޕިން މޯލްތައް. އެތަނަކީ މީހުން ގިނަ ތަނެއް. ނަމަވެސް އެހާ ނުރައްކާތެރި ތަނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

No comments:

Post a Comment