Friday, May 8, 2015

twins


އެއްމާބަނޑު ދެކުދިންގެ ބައްޕަ ތަފާތުވެދާނެ ކަމަށް ޤަބޫލުކުރަންތަ؟




އެއްމާބަނޑު ދެކުދިންގެ އެކަމަކު ދެ ކުދިންގެ ބައްޕައަކީ ދެ މީހެއްކަން ފަޅާއަރައިފިއެވެ.
މި އާދާޔާ ހިލާފު ހާދިސާ ހިނގާފައިވަނީ އެމެރިކާގައެވެ. އަންހެނަކު ކޯޓަށް ދިޔައީ ދަރީންގެ ބައްޕަ ދަރީންނަށް ހަރަދުކުރުމަށް އަމުރެއް ނެރެދޭތޯއެވެ.
ކޯޓުން ފުރަތަމަ ބަލަން ބޭނުންވި މި ދެ އަންހެން ކުދިންނަކީ މި ފިރިހެންމީހާގެ ދަރީންތޯއެވެ. އެހެންކަމުން ޑީއެންއޭ ޓެސްޓް ހެދިއެވެ. ޓެސްޓްގެ ނަތީޖާ ވަރަށް ތަފާތެވެ. އެއްކުއްޖެއްގެ ޑީއެންއޭ އަންހެންމީހާ ދަރީންގެ ބައްޕަ ކަމަށް ބުނާ މީހާއާ ދިމާވެއެވެ. އެކަމަކު އަނެއް ކުއްޖާގެ ރިޕޯޓް ދިމަލެއް ނުވެއެވެ.
ކޯޓުގެ ފަނޑިޔާރު ސުހެއިލް މުހައްމަދު ވަނީ ޑީއެންއޭ ދިމާވި ދަރީގެ ހަރަދު ބެލެހުޓުން އެ ފިރިހެންމީހާއާ ހަވާލުކޮށްފައެވެ. ފަނޑިޔާރު ބުނެފައިވާ ގޮތުން މިއީ އަދަޔާ ހިލާފު ކަމެއް ނަމަވެސް މީގެ 2 ކޭސް ކުރިންވެސް އޭނާ ބަލާފައިވާ ކަމަށެވެ.
މިހެން ދިމާވަނީ އަންހެނަކު އެއް މެންސްޗްއަލް ސައިކަލްގައި ދެ ފިރިހެނުންނާއެކު ޖިންސީ ގުޅުން ހިނގާފިނަމައެވެ. އަންހެނާގެ ދެ ބިސް ވަކިވަކިން ދެ ފިރިހެނުންނަށް ފާޓިލައިޒް ވެގެންނެވެ.
މި ދެ ކުދިން ދުނިޔެއަށް އުފަންވެފައިވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
ކޯޓުގައި އަންހެންމީހާ ބުނެފައިވަނީ ދެ ފިރިހެނުންނާއެކު ހަފުތާއެއް ތެރޭގައި ޖިންސީ ގުޅުން ހިންގި ކަމަށެވެ.

No comments:

Post a Comment