Wednesday, April 29, 2015

save 4 months baby

ނޭޕާލުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ތެރެއިން 4 މަހުގެ ކުއްޖެއް ސަލާމަތްކޮށްފި


މިދިޔަ ހޮނިހިރު ދުވަހު ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތެއްގެ ދަށުން އުމުރުން އެންމެ 4 މަހުގެ ތުއްތު ކުއްޖަކު ދިރި ހުއްޓާ ސަލާމަތްކޮށްފިއެވެ.

ނޭޕާލުގައި ނުކުންނަ ނޫހެއްކަމަށްވާ "ކަތުމަންޑޫ ޓްޑޭ" އާ ހަވާލާދީ، ސީއެންއެން އިން ބުނީ އެ ތުއްތު ކުއްޖާ ސަލާމަތް ކުރީ ބިހެލުން އައިތާ ގާތްގަނޑަކަށް ސައުވީސް ގަޑިއިރު ވަނިކޮށްކަމަށެވެ.

އެހެންނަމަވެސް އޭގެ އެތައް ގަޑި އިރެއް ފަހުން ފުލުހުން އައިސް ބެލި ބެލުމުގައި އެކުއްޖާގެ ބާރު ރުއިމުގެ އަޑު އަންނަ ދިމާ ފާހަގަކޮށް، އެކުއްޖާ ސަލާމަތްކޮށް ގާތަކުގެ ދަށުން ނެގިއިރު ބޭރުފުށުން އެއްވެސް ގެއްލުމެއް ފެންނަށް ނެތްކަމަށާއި، އަދި "އިންޓާރނަލް އިންޖަރީ" އެއްވެސް ލިބިފައި ނެތްކަމަށް ޑޮކްޓަރުންނާއި ހަވާލަދީ "ކަތުމަންޑޫ ޓްޑޭ" ގައި ބުނެފައި ވެއެވެ.


Tuesday, April 28, 2015

Changing eye brows shape

ކިމް ޖޮންގ އުންގެ ބުމައަށް މިވަނީ ކިހިނެތް؟





އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގ އުންގެ ބުމަ "ގެއްލެމުން"ދާ ކަމަށް ފާހަގަ ކުރެވެން ފަށައިފިއެވެ.

ކިމް ޖޮންގ އުން އާއި ގުޅޭ ގޮތުން ތައްޔާރު ކުރެވިފައިވާ ހިޔާލީ ވާހަކަ އަކަށް ބިނާ ކުރެވިފައިވާ ފިލްމެއް ކަމަށްވާ "ދަ އިންޓަވިއު" ރިލީޒް ކުރުމަށް ފުރުސަތު ނުދިނުމަށް ފިލްމް ތައްޔާރު ކޮށްފައިވާ ސޮނީ ޕިކްޗާރސް ހެކް ކުރީ އުތުރު ކޮރެއާ ކަމަށް ތުހުމަތު ކުރެވިފައިވާ އިރު، ކިމް ޖޮންގ އުންގެ ގެއްލިގެންދާ ބުމަ "ހެކް" ކޮށްފައިވާ ކަމަށް މީހުން ބުނަން ފަށައިފިއެވެ.
އައިބްރޯ ޔު ސީ ދެމް ގެ ދަށުން ލިޔެފައިވާ ޚަބަރެއްގައި ދެކުނު ޗައިނާ އިން ވެސް ވަނީ މިކަމާއި ގުޅިގެން ސަމާސާ ވާހަކަތައް ދައްކައިފައެވެ.

Monday, April 27, 2015

good friend

ޚާއްސަ އެހީއަށް ބޭނުންވާ އެކުވެރިޔާ ތިން އަހަރު ވަންދެން ކޮނޑުމަތީގައި ސްކޫލަށް ގެންގޮސްދީފި







ޗައިނާގެ ހައިސްކޫލް ކުއްޖެއް އޭނާގެ އެކުވެރިޔާ ތިން އަހަރު ދުވަސް ވަންދެން ކޮނޑަށް އަރުވައިގެން ސްކޫލަށް ގެންގޮސްފިއެވެ.
އުމުރުން 18 އަހަރުގެ ޒީ ޒޫ އާއި އޭނާގެ 19 އަހަރުގެ އެކުވެރިޔާ ޒަންގ ޗީ އެންމެ ފުރަތަމަ ބައްދަލުވީ ޗައިނާގެ އުތުރުގެ އަވަށެއް ކަމަށްވާ ޖިއަންސޫގައި ހުންނަ ޑަޒޫ ހައިސްކޫލުންނެވެ. 
ޒަންގ ޗީ އަށް ޖެހިފައިވަނީ މަސްކިއުލާ ޑިސްޓްރަފީ ނުވަތަ މަސްގަނޑު ބަލިކަށިވުމުގެ ބައްޔެކެވެ. އެ ބަލި ޖެހުމުން އެމީހެއްގެ އަމިއްލަ ބަރުމިނުގައި ކޮޅަށް ހުންނަން އުނދަގޫވެ އެވެ. 
.
ބަރުދަނުގައި 75 ކިލޯ އަދި ދިގުމިނުގައި 1.73 މީޓަރު ހުންނަ ޒަންގ ޗީ އުފުއްލައިގެން ޒީ ކޮންމެ ދުވަހަކުވެސް އޭނާ ކުލާހަށް ގެންދެއެވެ.

Sunday, April 26, 2015

Orange glass


އޮރެންޖް ކުލައިގެ އަވިއައިނު އަޅައިގެން ހުރުމަށްފަހު، ނިދަން އުޅުމުން އަރާމުކޮށް ނިދޭ





އޮރެންޖް ކުލައިގެ އަވިއައިނު އައިނެއް އަޅައިގެން ކުޑައިރުކޮޅަކު ހުރުމަށްފަހު، ނިދަން އުޅުމުން އަރާމުކޮށް ނިދާލެވޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އޮރެންޖް ކުލައިގެ އަވިއައިނުން ލޮލަށް އެޅޭ އަލީގެ މިންވަރު ދަށްކޮށްދޭ ކަމަށާއި، އަދި ނިދިއަންނަ މިންވަރު ވެސް އަވަސްކޮށްދޭ ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.
ސްވިޒަލޭންޑްގައި ހެދި މި ދިރާސާގައި 13 ކުއްޖަކު ބައިވެރިކޮށްފައިވާއިރު، މި ދިރާސާގައި އޮރެންޖް ކުލައިގެ އަވިއައިނާއި، އާދައިގެ އަވިއައިނު ވަނީ ބޭނުންކޮށްފައެވެ.
އެގޮތުން މި ކުދިން އޮރެންޖް ކުލައިގެ އަވިއައިނު އަޅައިގެން ރޭގަނޑުގެ ހިނގާލުމަކަށް ފޮނުވުމުން، ނިދިއަންނަލެއް، އާދައިގެ އަވިއައިނެއް އަޅައިގެން ހިނގާލަން ދިޔުމުން ނިދި އަންނަވަރަށް ވުރެ އަވަސްކަން ފާހަގަވެފައިވެއެވެ.

Friday, April 24, 2015

Subryth ( a dancer with one leg)

އެއްފައި ބުރިވެފައިވާ ނެށުންތެރިއެއް އިންޑިޔާގައި މަޝްހޫރުކަން ހޯދައިފި




އުމުރުން 21 އަހަރުގައި ހިނގި އެކްސިޑެންޓެއްގައި ފައި ބުރިކޮށްލާފައިވާ ސުބްރީތު ކައުރު ގުއްމަން، އިންޑިޔާގައި އާއްމުކޮށް ހުޅުވާލެވިގެން ބާއްވާ "އިންޑިއާސް ގޮޓް ޓެލެންޓް" ޝޯ ގައި އޭނާގެ ނެށުމުގެ ހުނަރު ދައްކާލައި، ދެވަނަ ހޯދުމަށްފަހު ދުނިޔޭގެ ސަމާލުކަން އަތުލައިގަނެފިއެވެ.

އޭނާގެ ފައި ބުރިވުމުގެ ކުރިން ނަރުސްކަން ކުރަމުން އައި ސުބްރީތު "އިންޑިއާސް ގޮޓް ޓެލެންޓް" ގައި ދެވަނަ ހޯދުމަށްފަހު މިހާރު އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އޭނާގެ ހުނަރު ދައްކާލަމުންނެވެ.

Tuesday, April 21, 2015

naseyhatheh



ފެންތަށި އެއް ނޭވާއިން ހުސްކޮށްނުލާށެވެ. އަދި ފެންބޯ ތައްޓަށް ނޭވާނުލާށެވެ



އަހަރެމެންގެ ދީން އަބަދުވެސް ބާރުއަޅަނީ ކޮންމެ ކަމެއް ކުރުމުގައިވެސް އަވަސްއަރައިގަތުމުގެ ބަދަލުގައި މަޑުމައިތިރިކަމާއެކު ހަމަޖެހިގެން ކަންތައްތައް ކުރުމަށެވެ. އެހެންވީމާ ފެންބުއިމުގައިވެސް ރީތި އާދައަކީ އެއް ނޭވާއިން ފެންތަށި ހުސްކޮށްލުމުގެ ބަދަލުގައި ތިން ކޯވަރަށް ބަހަލައިގެން ހަމަޖެހިގެން ފެންތަށި ބޯލުމެވެ. އަދި ފެންބޯއިރު ފެންބޯ ތައްޓަށް ނޭވާލުމީ ވެސް އެދެވިގެންވާ ކަމެއް ނޫނެވެ. އަހަރެމެންގެ ލޮބުވެތި ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

 "ޖަމަލު ފެންބޮއި އުޅޭ ފަދައިން އެއްފަހަރުން ތިޔަބައިމީހުން އެއްޗެތި ބޮއި ނޫޅޭށެވެ. އެއާ ޚިލާފަށް ތިޔަބައިމީހުން ދެފަހަރުން ނުވަތަ ތިން ފަހަރުމަތީން ބޮއިއުޅޭށެވެ. އަދި ތިޔަބައިމީހުން އެއްޗެއް ބޮނީ ކަމުގައިވަނީ ނަމަ ބިސްމި ކިޔާށެވެ. އަދި ބޮއި ނިމިއްޖެ ކަމުގައި ވަނީ ނަމަ (الْحَمْدُ لِلَّهِ ކިޔައި) ﷲ އަށް ޙަމްދުކުރާށެވެ."

chosen first mosquito killer

އެންމެ ގިނަ މަދިރި މަރާ މީހަކަށް އިނާމެއް


ޓައިވާނުގެ ދެކުނުގައި އޮންނަ ސިޓީއެއް ކަމަށްވާ ކައޯސިއަންގްގައި އެންމެ ގިނަ މަދިރި މަރާ މީހަކަށް އިނާމުދޭ ގޮތަށް މުބާރާތެއް ފަށައިފި އެވެ

ބީބީސީ އިން  ބުނި ގޮތުގައި ކައޯސިއަންގްގައި މަދިރި މަރާ މުބާރާތެއް ފެށީ އެ ސިޓީގައި ފެތުރެމުން އަންނަ މަދިރިން ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ޑެންގީ ހުން ނައްތާލުމަށް ކަަމަށެވެ. އެންމެ ގިނަ މަދިރި މަރާ މީހަކަށް 100 ޑޮލަރުގެ އިނާމެއް ލިބޭ އެ މުބާރާތަކީ ކައޯސިއަންގް ސިޓީގެ ސިއްހީ ކަންކަމާ ބެހޭ ޑިޕާޓްމަންޓުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ