Friday, May 8, 2015

twins


އެއްމާބަނޑު ދެކުދިންގެ ބައްޕަ ތަފާތުވެދާނެ ކަމަށް ޤަބޫލުކުރަންތަ؟




އެއްމާބަނޑު ދެކުދިންގެ އެކަމަކު ދެ ކުދިންގެ ބައްޕައަކީ ދެ މީހެއްކަން ފަޅާއަރައިފިއެވެ.
މި އާދާޔާ ހިލާފު ހާދިސާ ހިނގާފައިވަނީ އެމެރިކާގައެވެ. އަންހެނަކު ކޯޓަށް ދިޔައީ ދަރީންގެ ބައްޕަ ދަރީންނަށް ހަރަދުކުރުމަށް އަމުރެއް ނެރެދޭތޯއެވެ.
ކޯޓުން ފުރަތަމަ ބަލަން ބޭނުންވި މި ދެ އަންހެން ކުދިންނަކީ މި ފިރިހެންމީހާގެ ދަރީންތޯއެވެ. އެހެންކަމުން ޑީއެންއޭ ޓެސްޓް ހެދިއެވެ. ޓެސްޓްގެ ނަތީޖާ ވަރަށް ތަފާތެވެ. އެއްކުއްޖެއްގެ ޑީއެންއޭ އަންހެންމީހާ ދަރީންގެ ބައްޕަ ކަމަށް ބުނާ މީހާއާ ދިމާވެއެވެ. އެކަމަކު އަނެއް ކުއްޖާގެ ރިޕޯޓް ދިމަލެއް ނުވެއެވެ.
ކޯޓުގެ ފަނޑިޔާރު ސުހެއިލް މުހައްމަދު ވަނީ ޑީއެންއޭ ދިމާވި ދަރީގެ ހަރަދު ބެލެހުޓުން އެ ފިރިހެންމީހާއާ ހަވާލުކޮށްފައެވެ. ފަނޑިޔާރު ބުނެފައިވާ ގޮތުން މިއީ އަދަޔާ ހިލާފު ކަމެއް ނަމަވެސް މީގެ 2 ކޭސް ކުރިންވެސް އޭނާ ބަލާފައިވާ ކަމަށެވެ.
މިހެން ދިމާވަނީ އަންހެނަކު އެއް މެންސްޗްއަލް ސައިކަލްގައި ދެ ފިރިހެނުންނާއެކު ޖިންސީ ގުޅުން ހިނގާފިނަމައެވެ. އަންހެނާގެ ދެ ބިސް ވަކިވަކިން ދެ ފިރިހެނުންނަށް ފާޓިލައިޒް ވެގެންނެވެ.
މި ދެ ކުދިން ދުނިޔެއަށް އުފަންވެފައިވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
ކޯޓުގައި އަންހެންމީހާ ބުނެފައިވަނީ ދެ ފިރިހެނުންނާއެކު ހަފުތާއެއް ތެރޭގައި ޖިންސީ ގުޅުން ހިންގި ކަމަށެވެ.

new bird found

އާދަޔާ ހިލާފު އަޑެއް ލައްވާ ދޫންޏެއް ޗައިނާއިން ފެނިއްޖެ









ދުނިޔޭގެ ދިރާސާ ކުރާ ސައިންސްވެރިންގެ ގުރޫޕަކަށް އާދަޔާ ހިލާފު އަޑެއް ލައްވާ ދޫންޏެއް ފެނިއްޖެ އެވެ.ދިރާސާކުރި ސައިންސްވެރިންގެ ތެރެއިން ސައިންސްވެރިޔަކު ބުނި ގޮތުގައި މި ދޫންޏަކީ ވަރަށް ސިއްރުވެރި އަދި ހޯދަން ވަރަށް އުނދަގޫ ބާވަތެއްގެ ދޫންޏެކެވެ.
ޝިއުޔަން ވަޝް ވާރބްލަރ އަކީ ވަރަށް ތަފާތު އަދި ތޫލި އަޑެއް ލައްވާ ދޫންޏެެވެ. މި ބާވަތުގެ ދޫނި ފެންނަނީ ބޮޑަށް ވިނަގަނޑު ބޯ ވެފައި ހުންނަ ފަރުބަދަ ސަރަހައްދު ތަކުންނެވެ.
ސައިންސްވެރިންގެ މިދިރާސާވަނީ ދުނިޔޭގެ މައްޝޫރު ޖުައާރނަލް އޭވިއޭޝަން ރިސާޗްގައި ޝާއިރު ކޮއްފައެވެ. އަދި މި ދޫނީގެ މި އާދަޔާ ޙިލާފު އަޑު ވަނީ ރިކޯޑުކުރެވި އެމް އެސް ޔޫ އޭވިއަން ވޮކަލައިޒޭޝަން ވެބްސައިޓްގައި ހިމަނާފައެވެ.

Saturday, May 2, 2015

" ރޯބޯކޮޕް" ބޭނުން ކުރަނީ

ދެއަހަރު ތެރޭގައި ދުބާއީގައި "ރޯބޯކޮޕް" ބޭނުން ކުރަން ފަށަނީ



ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި 2017 ވަނަ އަހަރަށް ވާން ވާއިރަށް "ފުލީ އިންޓެލިޖެންޓް" ރޮބޮޓުތައް (ރޯބޯކޮޕް) މަގުމަތި ޕެޓްރޯލް ކުރުން ފަދަ މަސައްކަތް ކުރާނެކަމަށް އެ ސިޓީގެ ސްމާޓް ޔުނިޓުގެ ހެޑު، ކާނަލް ޚާލިދު ނަސީރު އަލްރަޒޫގީ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ، އެ ރޮބޮޓުތައް ފުރަތަމަ ނެރޭއިރު އެ މެޝިންތައް މަސައްކަތް ކުރާނީ މީހުން ގިނައިން އުޅޭ ސަރަހައްދުތަކުގެ ތެރެއިން އާންމުކޮށް ރައްކާތެރި ސަރަހައްދުތަކުގައި ކަމަށެވެ. އޭގެ ތެރޭގައި ބޮޑެތި ޝޮޕިން މޯލް ފަދަ ތަންތަން ހިމެނޭ ކަމަށް އޭނާ ވިދާލުވިއެވެ.
"އެ ރޮބޮޓުން، އެ ސަރަހައްދުގައި އުޅޭ އާންމުންނާ ސީދާ އިންޓަރެކްޓް ކުރާނެ. މޮނިޓަރާއި މައިކްރޮފޯން ހިމެނޭ ގޮތަށް ހުންނަ އެ ރޮބޮޓުތައް މަސައްކަތް ކުރާނީ އާންމުގެ ކްރައުޑް ބޮޑެތި ސަރަަހައްދުތަކުގައި. މިސާލަކަށް ޝޮޕިން މޯލްތައް. އެތަނަކީ މީހުން ގިނަ ތަނެއް. ނަމަވެސް އެހާ ނުރައްކާތެރި ތަނެއް ނޫން،" އޭނާ ވިދާޅުވި އެވެ.